300 ހައުސިން ޔުނިޓާ އެކު ނައިފަރަށް މުހިންމު މަޝްރޫއުތަކެއް

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 1:17

ޅ. ނައިފަރުގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރުމާއި އިތުރު 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކާ އެކު، ތަރައްގީގެ އިތުރު ކަންކަން ރޭ އިއުލާންކޮށްފި އެވެ.

އެެ މަޝްރޫއުތަކުގައި ސޮއިކޮށް، އަދި މަޝްރޫއުތައް އިއުލާންކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އާއި ކ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ނައިފަރުގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވަނީ 300 ހައުސިން ޔުނިޓް އެ ރަށުގައި އިމާރާތް ކުރުމުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ނައިފަރުގައި ސްލިޕްވޭއެއް އެޅުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ތްރީވޭ އެންޓަޕްރައިޒަސްއާ އެކު މަސްވެރިކަމާ ބެހޭ މިނިސްޓްރީން ސޮއިކުރި އެވެ. މީގެ އިތުރުން ނައިފަރުގައި މިހާރު ބޭނުންކުރާ ބަނދަރު އިތުރަށް ތަރައްގީ ކުރުމާއި އާ ބަނދަރެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެވެ.

މައުޟޫޢުތަށް