މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ބަލަން "ރަށު ކޮމިޓީ" ތަކެއް އެކުލަވާލަނީ

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 3:10

ސިޓީސް މިނިސްޓްރީން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަން ކަށަވަރު ކުރުމަށާއި ކުރާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކުރުމަށް ޓަކައި ހާއްސަ މޮނިޓަރިން ކޮމިޓީތަކެއް އެކުލަވައިލަން ނިންމައިފި އެވެ.

ސިޓީސް މިނިސްޓަރު އާދާމް ޝަރީފް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކޮމިޓީތައް އެކުވަލަވައިލުމުގެ ބޭނުމަކީ ރަށްރަށުގައި މަޝްރޫއުތައް ހިންގުުމުގައި ސިވިލް ސޮސައިޓީތަކާއި އިސްރަށްވެހިންގެ ހިޔާލާއި މަޝްވަރާ ހިމެނުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މުޖުތަމައުތަކުގައި މިހެން ކުރެވޭ މަސައްކަތްތަކުގައި ވަަރަށް މުހިއްމު ކަމެއް، އަދި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ސިވިލް ސޮސައިޓީ ޕާޓިސިޕޭޝަން ނުވަތަ އިސްރަށްވެހިންގެ ހިއްސާ މި ކަންކަމުގައި އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މައުޟޫޢުތަށް