ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 10:49
ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން، 24 ގަޑިއިރުގެ ދުވުމެއް ބާއްވަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެކުވެނި ޓްރެކްގައި ބާއްވާ ދުވުން ފަށާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ.
ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދާ ދުވުން ނިންމާލަން ހަމަޖައްސާފައިވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަސް، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އަށެވެ.