ފިޓްކޮށް ހުރެއްޖެނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މެސީ ހުރީ ކުޅޭގޮތަށް

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 10:30

ފިޓްކޮށް ހުރެއްޖެނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެކަމަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރި ފޯވާޑަށް އެ މުބާރާތަށް ފަހު ކުޅުމަށް އަސަރު ކުރި އެވެ. މިދިޔަ ތިން އަހަރުތެރޭ އޭނާ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ.

އެމެރިކާގެ އެންބީސީ ނިއުސް އަށް ދިން އިންޓަވިއުގައި މެސީ ބުނީ ވޯލްޑް ކަޕްގައި ކުޅެ ގައުމީ ޓީމަށް އެހީވާން ބޭނުންވާ ކަމަށެވެ. އާޖެންޓީނާއިން ނުކުންނާނީ މުބާރާތް ދިފާއު ކުރުމަށެވެ. އަލުން އެ ތަށި ހޯދަން ނުކުންނަ އިރު ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ދައުރު އެ ޓީމަށް މުހިންމު ވާނެ އެވެ.

މައުޟޫޢުތަށް