ކޮންސްޓްރަކްޝަން ދާއިރާ އަށް 11 ޕަސެންޓުގެ ކުރިއެރުމެއް
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 11:30
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ދާއިރާ ކުރިއަށް ދިޔައީ 3.7 ޕަސެންޓުގަ އެވެ. އެހެންވެ، ދެވަނަ ކުއާޓަރުގައި ދާއިރާވަނީ އިތުރަށް 7.6 ޕަސެންޓުގައި ކުރިއަރައިފަ އެވެ.
ކޮންސްޓަރަކްޝަން ދާއިރާ އަށް ލިބުނު ކުރިއެރުމާ އެކު، އެ ދާއިރާ އަށް ބޭނުންވާ ތަކެތި ރާއްޖެ އަށް އިމްޕޯޓު ކުރިވަރު ވެސް ވަނީ 11 ޕަސެންޓަށް މަތިވެފަ އެވެ.