ޑިސްކަވާ ޓޫރިޒަމް: އާ ޖީލަށް އަމާޒުކޮށް ވެލިގަނޑު މޯލްޑިވްސްގެ ހާއްސަ ޕްރޮގްރާމެއް!
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 1:13
ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ދާއިރާގައި މަސައްކަތްކުރަން ނުކުންނަ ދިވެހިން މަދުވުމެވެ. މި ދާއިރާއަށް ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ފަނޑުވުމެވެ. އެކަމަކު، މި ފަނޑުވަމުންދާ ޝައުގުވެރިކަން އިޔާދަކުރެވިދާނެ ކަމުގެ އުންމީދު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓްތައް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) އަށް އެބައޮތެވެ.
ސީސީއާރު އިން ގަބޫލުކުރާ ގޮތުގައި، އެކަން ބަދަލުކުރެވެން އޮތީ މި ދާއިރާއަށް ޒުވާން ކުދިން ހޭލުންތެރިކޮށް، ޝައުގުވެރިކަން އުފައްދައިގެންނެވެ. ވަޒީފާގެ މާހައުލަށް ނުކުތުމުގެ ކުރިން ޒުވާން ކުދިންނަށް މި ދާއިރާގައި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް ބުނެދީގެންނެވެ. މި ދާއިރާގެ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދީގެންނެވެ.
އެ ރިސޯޓް ޗެއިންގެ ސީއެސްއާރު އިނީޝިއޭޓިވްތަކުގެ ދަށުން ހިންގާ "ޑިސްކަވާ ޓޫރިޒަމް" އަކީ އެ މަގުސަދު ހާސިލްކުރުމަށް ހިންގާ މިފަދަ ވަރަށް މުހިންމު ޕްރޮގްރާމެކެވެ. މިއީ، ސްކޫލް ނިންމާ ކުދިން މި ދާއިރާއަށް ނުކުތުމަށް މަގުކޮށައިދޭ، ވަރަށް ޝައުގުވެރި ޕްރޮގްރާމެކެވެ.