ދިވެހި ކާނާއަށް ދުނިޔޭގެ އެވޯޑެއް
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 2:53
ވޯލްޑް ކަލިނަރީ އެވޯޑްސްގައި ރާއްޖެެއަށް މުޅި ދުނިޔޭގެ އެންމެ ކަމުދާ "ހެރިޓޭޖް ކުޒީން" މަންޒިލްގެ އެވޯޑު ލިބިއްޖެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ އެ އެވޯޑުގައި ރާއްޖެއިން ޖަރުމަނާއި ޕެރޫ އާއި ސީޝެލްސް އާއި ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކުރި ކަމަށެވެ.
އެ އެވޯޑުގައި ރާއްޖެއަށް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ވެސް ތަފާތު ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. މާލެއަށް ވަނީ "އިންޑިއަން އޯޝްންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން"ގެ މަގާމު ލިބިފަ އެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އަށް ވަނީ ސަރަހައްދުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓްގެ އެވޯޑު ލިބިފަ އެެވެ.