ބ. އަތޮޅުގެ ތިމާވެށި ހިމާޔަތްކުރާ ފަންޑު ބަލަހައްޓާ ގޮތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ: އޮޑިޓް ރިޕޯޓް

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 1:38

ބ. އަތޮޅުގެ ތިމާވެށި ހިމާޔަތްކުރުމަށް ގާއިމްކޮށްފައިވާ ފަންޑު ބަލަހައްޓާ ގޮތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި، ބ. އަތޮޅުގައިވާ ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ހިންގުމުގެ ނިޒާމާ ގުޅޭ އެންވަޔަރަމެންޓަލް އޮޑިޓް ރިޕޯޓުގައި ވަނީ މި ކަންބޮޑުވުން ފާހަގަކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުން ލިބޭ ހުރިހާ އާމްދަނީއެއް ޖަމާކޮށް ބެލެހެއްޓުމާއި ހަރަދުތައް ކުރުމަށް "ބ. އަތޮޅު ކޮންޒަވޭޝަން ޓްރަސްޓް ފަންޑު" ގާއިމްކޮށްފައި ވިޔަސް، އެ ފަންޑު ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ފަންޑު ހިންގުމަށް އަދި އެ ފަންޑު މެދުވެރިކޮށް ހިންގާ ޕްރޮޖެކްޓުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްފައި ނުވާ ކަމަށެވެ.

މައުޟޫޢުތަށް