ދިއްފުއްޓަށް 23 ހެކްޓަރުގެ ބިމާ އެކު ރައީސް ދެއްވީ ބޯހިޔާވަހިކަމުގެ ޔަގީންކަން
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 3:03
ކ. ދިއްފުށީފައި މިއަދު ފެށި ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން އެ ރަށަށް ބޯހިޔާވަހިކަން ޔަގީންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގައި އަމަލީ ގޮތުން މިއަދު ފެއްޓެވީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
އެއީ އެ މަނިކުފާނު އެ ރަށަށް ވެ ވަޑައިގެންފައިވާ ވައުދުތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ އެ ރަށުގެ ބިން ހިއްކުން ކަމަށެވެ.