މާލޭ ދަފްތަރު އުވާލާ ފްލެޓާއި ގޯތި ދިނުން ބޭރު ބަޔަކާ ހަވާލުކުރަން ޝާހިދު ގޮވާލައްވައިފި

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 3:27

މާލޭ ދަފްތަރަކީ ސިޔާސީ ވެރިން ވޯޓު ހޯދަން އުފައްދާފައި އޮތް އެއްޗެއް ކަމަށް ވިދާޅުވެ، އެ ދަފްތަރު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ލިބުނު ގިނަ ބަޔަކަށް ފްލެޓް ލިބުން ލަސްވާތީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ކުރެއްވި ބަހުސްގަ އެވެ.

ޝާހިދު ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫގެ ގިނަ ބަޔަކު ދަފުތަރުގައި ޖެހިފައިވާ ކަަމަށާއި އެ ހުރިހާ ރައްޔިތުން އަނބުރާ އެ ރަށުގެ ރަޖިސްޓަރީ އަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

މައުޟޫޢުތަށް