އެއް އަހަރާއި 11 މަސް ތެރޭގައި ރައީސް މުއިއްޒު ހުރިހާ ރަށަކަށް ވަޑައިގެންފި
މިހާރު
28 އޮކްޓޯބަރު 2025 | އަންގާރަ | 4:43
ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ.
މިހާ ކުރު މުއްދަތެއްގައި ހުރިހާ ރަށަކަށް މީގެ ކުރިން ވަޑައިގަތް ރައީސަކީ މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު މީގެ 42 އަހަރު ކުރިން 1978 އިން 1983 އާ ދެމެދު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތެވެ.
ރައީސް މުއިއްޒު، ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭ ހުރިހާ ރަށަކަށް ވަޑައިގަތުން ފުރިހަމަވީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރިޔާސީ ދައުރު ތެރޭ ދެ ފަހަރު ވަޑައިގަތުމުގެ ވައުދާ އެއްގޮތަށް ޅ. އަދި ކ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ތުލުސްދު އަށް ވަޑައިގަތުމާ އެކުގަ އެވެ.