އީލޮން މަސްކް ވިކިޕީޑިއާއާ ވާދަޔަށް "ގްރޯކިޕީޑިއާ" ހަދައިފި

މިހާރު

29 އޮކްޓޯބަރު 2025 | ބުދަ | 6:24

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކްގެ އެކްސްއޭއައި އިން، އޮންލައިން އެންސައިކްލޮޕީޑިއާ ވިކިޕީޑިއާއާ ވާދަޔަށް "ގްރޯކިޕީޑިއާ" ތައާރަފުކޮށްފި އެވެ.

މަސްކް މި ހިދުމަތް ފެށީ ވިކިޕީޑިއާ އަކީ ސިޔާސީ ވާތުފިޔައިގެ ފިކުރާ އެއްގޮތަށް މައުލޫމާތު ފަތުރާ ބައެއް ކަމަށް ބުނެ ފާޑުކިޔަމުން ދިއުމަށް ފަހުގަ އެވެ.

ގްރޯކިޕީޑިއާ ލޯންޗުކުރީ ވާޝަން 0.1 ގެ ގޮތުގަ އެވެ. ފެށި އިރު އެ ސައިޓުގައި 885،000 އަށް ވުރެ ގިނަ އާޓިކަލް ޝާއިއުކޮށްފައިވެ އެވެ. ވިކިޕީޑިއާގައި ހަތް މިލިއަނަށް ވުރެ ގިނަ އާޓިކަލް އިނގިރޭސި ބަހުން ލިޔެފައިވެ އެވެ.

މައުޟޫޢުތަށް