ކަސްޓަމްސް އަށް ފައިސާ ދައްކަންޖެހޭ ލިސްޓުގެ ކުރީގައި ސަލްޓަންސް؛ އެންމެ ގިނައީ ދުންފަތުގެ ޖޫރިމަނާ

މިހާރު

28 އޮކްޓޯބަރު 2025 | އަންގާރަ | 10:34

ކަސްޓަމްސް އަށް ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު އާއްމުކުރަން ފަށައިފި އެވެ.

އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފައިސާ ދައްކަންޖެހޭ 680 ނަމެއް ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އަމިއްލަ މީހުންނާއި ކުންފުނިތައް ހިމެނެ އެވެ.

ކަސްޓަމްސް އިން މި މަހުގެ 16 ވަނަ ދުވަހު އާއްމުކުރި އުސޫލުގެ ދަށުން ނެރުނު ފުރަތަމަ ލިސްޓުގައިވާ ގޮތުން، އެ ތަނަށް އެންމެ ގިނަ ފައިސާ ދައްކަންޖެހެނީ މީގެ ކުރިން އެކި މައްސަލަތަކުގެ ތެރޭގައި ތާށިވި ސަލްޓަންސް އޮފް ދަ ސީ އިންނެވެ. އެ ކުންފުނިން އިމްޕޯޓު ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ. އެ ފައިސާ އަކީ ސަލްޓަންސް ކުންފުނިން މީގެ 12 އަހަރު ކުރިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލައިގައި ދައްކަން ކޯޓުން ހުކުމްކޮށްފައިވާ ފައިސާއެކެވެ.

މައުޟޫޢުތަށް