"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި ގެނެސްދެނީ
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 6:34
ނެޓްފްލިކްސް އިން ގެނެސްދޭ "ވަން ޕީސް"ގެ ލައިވް އެކްޝަން ސީރީޒް "ވަން ޕީސް: އިންޓު ދަ ގްރޭންޑް ލައިން"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗު 10 ގައި ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
"ވަން ޕީސް"ގެ ދެވަނަ ސީޒަން ގެނެސްދޭ ތާރީޙު ނެޓްފްލިކްސް އިން އިއުލާންކޮށް ބުނީ އެ ސީޒަންގެ މަންޒަރުތައް ނަގާ މިހާރު ނިމިފައިވާ ކަމަށެވެ. މިފަހަރު މަންޒަރުތައް ނެގީ ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
ޖަޕާނުގެ އެނިމޭޓެޑް ސީރީޒް "ވަން ޕީސް" އަށް ހެދި މި ލައިވް އެކްޝަން ސީރީޒްގެ ފުރަތަމަ ސީޒަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ސީޒަންއަށް ލިބުނު ތަރުހީބު ބޮޑުވެ، ނެޓްފްލިކްސް ރެކޯޑެއް ވެސް ވަނީ މުގުރާލައިފަ އެވެ.