ނަސްރާ އެކު އިތުރު ތައްޓެއް ހޯދަން ރޮނާލްޑޯ ކުރާ އުއްމީދަށް އަނެއްކާވެސް ހުރަހެއް!
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 11:22
ރޮނާލްޑޯ އަށް ނަސްރާ އެކު މިހާތަނަށް ހޯދުނު ހަމައެކަނި ތައްޓަކީ އަރަބި ކްލަބް ޗެމްޕިއަންސް ކަޕް
ރިޔާދު (އޮކްޓޫބަރު 29) - ސައުދީ އަރަބިއްޔާގެ އެސޯސިއޭޝަން ކަޕް ނުވަތަ ކިންގްސް ކަޕްގެ ގަދަ 16 ގައި އަލް އިއްތިހާދު 2-1 އިން އައް ނަސްރު ބަލިކޮށްފި އެވެ.
މެޗުގެ 15 ވަނަ މިނިޓުގައި އިއްތިހާދަށް ލީޑު ނަގައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. އޭގެ 15 މިނިޓު ފަހުން އެންޖެލޯ ގެބްރިއެލް އައް ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ހާފު ނިމުމުގެ ކުރިން މިޑްފީލްޑަރު ހުސާމް އަވާރު ވަނީ އިއްތިހާދަށް އަލުން ލީޑު ނަގައިދީފަ އެވެ.