ބަންދު އަމުރު ދިނުމުގައި ތަފާތުކުރާ ކަމަށް ބުނާ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

މިހާރު

29 އޮކްޓޯބަރު 2025 | ބުދަ | 11:20

އެކި ތުހުމަތުތަކަށް ހައްޔަރުކުރާ މީހުން، ތަހުގީގަށް ބަންދުކުރަން ކޯޓުން އަމުރު ދިނުމުގައި ތަފާތުކޮށް، ބޭއިންސާފުން އަމަލުކުރާ ކަމަށް ތުހުމަތުކޮށް، ކުއްލި މައްސަލައެއް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފުރުސަތު ނުދީ ބޭރުކޮށްލައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލައަށް ފުރުސަތު ނުދެއްވި ސަބަބެއް ކަމަށް ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 192 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަތުރު، އެ މައްސަލައިގައި ހަމަނުވުމެވެ.

އެ މާއްދާގައިވާ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނީ ގައުމުގެ ނުވަތަ ރައްޔިތުންގެ މަސްލަަހަތަށް ސިދާ އަސަރުކުރާނެ ފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެކަމާ މެދު އެޅި ނުވަތަ ނާޅައި ދޫކޮށްލި ފިޔަވަޅަކާ މެދު ސަރުޚާރަށް ފާޑުކިއުމަށެވެ.

މައުޟޫޢުތަށް