މާލީ ކުރިއެރުންތަކާ އެކު، ތިންވަނަ ކުއާޓަރުގައި ބީއެމްއެލް އަށް 475 މިލިއަންގެ ސާފު ފައިދާ
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 11:04
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި، ސާފު ފައިދާގެ ގޮތުގައި 475 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ މާލީ ނަތީޖާތަކަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 791 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ.
ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވެ އެވެ.