ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 1:40
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ޓެކްއިންޖް އެގްޒިބިޝަނުގައި ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަަށް ރަސްމީކޮށް ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ޓްރޭޑް ޝޯ ކަމަށްވާ ޓެކްއެންޖް އެގްޒިބިޝަން ހުޅުވައިދެއްވައި، ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަށް ތައާރަފްކޮށް ދެއްވީ ވައިސް ޕްރެޒިޑެންޓް އޮފް ލެމްބޯގިނި އެސްޕީއޭ، ފެރޫޝިއޯ ލެމްބޯގިނީ އެވެ. އެ އެގްޒިބިޝަނަކީ ޓޮނީނޯ ލެމްބޯގިނީއިން ޓައިޓަލް ސްޕޮންސާކޮށްފައިވާ އިވެންޓެކެވެ.
އެ ރަސްމިއްޔާތުގައި ފެރޫޝިއޯ ލެމްބޯގިނީ ވަނީ ޓޮނީނޯ ލެމްބޯގިނީ އިލެކްޓްރިކް ގޮލްފް ކާޓް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އިލެކްޓްރިފައި މޯލްޑިވްސްއާ ގުޅިގެންކަން ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި ދޭ ހިދުމަތްތަކާ ގުޅޭ އަދި އެއާ އެއް ފެންވަރުގެ ލަގްޒަރީ ޕްރޮޑަކްޓެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ގޮލްފު ކާޓުތަކަކީ އެ ހިދުމަތްތަކާ ގުޅޭ އަދި އެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި އެހީވެދޭނެ އެއްޗެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.