ބީއެމްއެލުން ކުރާ ކަމަކީ އެންމެންގެ ހައްގު ހިމާޔަތްކޮށްދިނުން: ޝަރީފް

މިހާރު

29 އޮކްޓޯބަރު 2025 | ބުދަ | 3:43

"ސަރުކާރުން އިގްތިސާދަށް ކުރިއެރުން ގެނައުމަށް ކުރާ މަސައްކަތުގައި ބޭންކުން ބައިވެރިވެ، ބޭންކުން އިޖާބަދީ އެއްބާރުލުން ދެނީ ވަކި ތައައްސުބެއްގެ ބޭނުމުގައި ކުރާ ކަމެއް ނޫން."

ސަރުކާރުން އެދޭހާ ކަމެއް ބީއެމްއެލް އިން ކޮށްދޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ހަގީގަތުގައި އެ ބޭންކުން މަސައްކަތް ކުރަނީ އެ ތަނުގެ ހިދުމަތްތައް ހޯދާ އެންމެންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ކަމަށް ސީއީއޯ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެ ބޭންކަކީ ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުން ހިއްސާވާ ބޭންކަކަށް ވުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިނާއަތްތަކާއި ވިޔަފާރިތަކާއި ކޮންމެ ފަރުދަކާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި، އެ ބޭންކަށް އަމާޒުވާ އެކިއެކި ފާޑުކިޔުންތަކަށް ޖަވާބު ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް