ކުރިން މޮޓާ އާއި ޗޫޑާ، މިހާރު ސްޕަލޭޓީ: މިއަހަރު ޔުވެންޓަސްއަށް ތިން ކޯޗުން
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 3:07
ޔުވެންޓަސްގެ ކޯޗަކަށް އިޓަލީ ގައުމީވޓީމުގެ ކުރީގެ ކޯޗު ލުޗާނޯ ސްޕަލޭޓީ ހަމަޖައްސައިފި އެވެ.
ޔުވެންޓަސްގެ ކޯޗުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރީ އީގޯ ޗޫޑާ މަގާމުން ވަކި ކުރުމުންނެވެ. އޭނާގެ ކޯޗުކަމުގެދަށުން އެ ޓީމުން އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް ބަލިވީ އެވެ.
އިންޓަ މިލާނާއި ނަޕޯލީއާ އެކު ކާމިޔާބު މަސައްކަތެއް ކުރި ނަމަވެސް އިޓަލީގެ ގައުމީ ޓީމުގައި ސްޕަލޭޓީ އަށް އެކަށީގެންވާ ކުރިއެރުމެއް ހޯދައެއް ނުދެވުނެވެ.