ސަންދީޕްގެ "ސްޕިރިޓް"ގައި ވިލަންގެ ރޯލު ކުޅެނީ ކޮރެއާގެ އެކްޓަރު ޑޮން ލީ
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:31
އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ އާ ފިލްމު "ސްޕިރިޓް"ގެ ވިލަންގެ ރޯލަށް ދެކުނު ކޮރެއާ އެކްޓަރު ޑޮން ލީ ހަމަޖައްސައިފި އެވެ.
ދެކުނު ކޮރެއާގެ މީޑިއާތަކުން ވަނީ އެ ޚަބަރު އިއްޔެ ރިޕޯޓްކޮށްފަ އެވެ. ހޮލީވުޑްގައި ވެސް މަސައްކަތްކޮށްފައިވާ ޑޮން ލީ އެ ފިލްމުގައި ކުޅޭނީ ވިލަންގެ ރޯލު ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ޑޮން ލީގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކޮރެއާގެ ފިލްމުތައް ކަމަށްވާ "ޓްރެއިން ޓު ބުސާން" އާއި "ދަ އައުޓްލޯސް" ހިމެނެ އެވެ. އަދި އޭނާ ހޮލީވުޑަށް ތައާރަފުވި މާވެލްގެ ފިލްމު "އެޓާނަލްސް" ވެސް ހިމެނެ އެވެ.