އަހަރުގެ އެންމެ އަގުބޮޑު ފިލްމު "ކަންޓާރާ 2" މާދަމާ ސްޓްރީމްކުރަން ފަށަނީ

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:36

އިންޑިއާގެ މި އަހަރުގެ އެންމެ އަގުބޮޑު ފިލްމު "ކަންޓާރާ: ޗެޕްޓާ 1" މާދަމާ ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.

ޕްރައިމް ވީޑިއޯ އިން ވަނީ މާދަމާ އިން ފެށިގެން އެ ފިލްމު އެ ޕްލެޓްފޯމުން ސްޓްރީމްކުރަން ފަށާނެކަން އިއުލާންކޮށްފަ އެވެ.

ނަމަވެސް، މާދަމާ ސްޓްރީމް ކުރަން ފަށާނީ ތަމަޅަ، ކަނައްޑާ، ތެލުގޫ އަދި މެލެޔާލަމް ބަހުން ގެނެސްދޭ އެ ފިލްމުގެ ވާޝަންތައް އެކަނި ކަމަށް ރިޕޯޓްތައް ބުންޏެވެ.

މައުޟޫޢުތަށް