ފުލުހުންގެ ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލާގައި ހަތަރު މީހަކު ސަސްޕެންޑްކޮށްފި

މިހާރު

29 އޮކްޓޯބަރު 2025 | ބުދަ | 8:56

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލާގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދީ އަދި މައްސަލަ ނިމެންދެން އެ މީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް