ޖޭއެސްސީގެ ރައީސަކަށް ހުސްނީ އިންތިހާބުކޮށްފި
މިހާރު
29 އޮކްޓޯބަރު 2025 | ބުދަ | 9:18
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަލަށް ކަނޑައެޅި މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރިކް އެ ކޮމިޝަނުގެ ރައީސް ކަމަށް މިއަދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީން ބުނީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކާ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުގެ މަގާމަށް ހުސްނީ އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ވެސް މިއަދެވެ.