އަދާވަތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް އޮތް މާއްދާ އުވާލަނީ
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:10
ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއްގައި އަދާވަތްތެރިންނާއި އެ މައްސަލައެއްގައި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނުނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި އޮތް މާއްދާ އުވާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ހެއްކާ ބެހޭ އުސޫލުތައް ބަޔާންކޮށް 2022 ވަނަ އަހަރު ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލުގައިވާ ގޮތުން ގާނޫނުގައި މިހާރު އޮތް ހަތަރު މާއްދާއެއް އުވާލަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރެއިން އެއް މާއްދާއަކީ ހެއްކާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ އެވެ.