ނޫސްވެރިންނަށް މައުލޫމާތު ލިބުނު ގޮތް ހާމަކުރަންޖެހޭ ގޮތަށް ގެންނަ އިސްލާހުތަކާ މެދު އެމްޖޭއޭގެ ކަންބޮޑުވުން

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:44

މީގެ ދެ އަހަރު ކުރިން ޖެނުއަރީ 2022 ގައި އަމަލުކުރަން ފެށި ގާނޫނަށް ހުށަހަޅަން މިހާރު ނިންމާފައިވާ އިސްލާހުތަކުގެ ސަބަބުން ތަހުގީގީ ނޫސްވެރިކަމާއި ވިސުލްބްލޯ ކުރުން ފަދަ ހާލަތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ހުށަހަޅުއްވައިފަ އެވެ. އެ ބިލްގެ ފުރަތަމަ ކިޔުން މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އޭގެ ތެރެއިން ބައެއް ބަދަލުތަކުގެ ތެރޭގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ވެސް ހިމެނޭއިރު ކުރިން އޮންނަ ގޮތުން ނަމަ މަސްދަރު ހާމަކުރުމަށް އެދި ކޮންމެ ކޯޓަކަށް ވެސް ހުށަހެޅިދާނެ އެވެ. އެކަމަކު، މިހާރު ހުށަހަޅާފައި އޮތީ އެފަދަ އަމުރެއް ނެރެވޭނީ ހައި ކޯޓުން ކަމަށާއި ކޯޓަށް ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި އެ އަމުރާ މެދު ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް