ރިސޯޓްތަކުން އުކާލާ ތެޔޮ ހަލާލް ނޫން ކާބޯތަކެތިން ތަޣައްރުވެފައި ހުރެދާނެ: އެމްއެފްޑީއޭ

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:24

ރިސޯޓްތަކުން އުކާލާ ތެޔޮ ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެއް ވެސް ނޫން ކަމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް ހަނދާންކޮށްދީފި އެވެ.

އުކާލަން ގެނެސްފައި ހުރި ކުކިން އޮއިލް، ބޮޑެތި ހަންތަކަކުން ފުރާނައިގެން އެހެން އެއްޗިއްސަށް ތެޔޮ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.

ރިސޯޓްތަކުން އުކާލަން ގެންދާ ތެޔޮ ނަގައިގެން ގެންގޮސް އެއިން ކާބޯތަކެތި ހަދައިގެން ވިއްކުމުގެ މައްސަލަ ވަރަށް ކުރިން ސުރެ ވެސް އޮވެ އެވެ. އަދި އެކަން މަނާކޮށްފައި އޮންނައިރު އެމްއެފްޑީއޭ އިން ވަނީ ފެބްރުއަރީ 14، 2018 ގައި އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއް ހަނދާންކޮށްދީ އިންޒާރު ދީފަ އެވެ.

މައުޟޫޢުތަށް