ދިވެއްސަކަށް އަދާނުކުރެވޭނެ ވަޒީފާއެއް ބީއެމްއެލްގައި މިހާރަކު ނެތް: ޝަރީފް
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:37
ބީއެމްއެލްގައި މިވަގުތު މަސައްކަތް ކުރަނީ ބިދޭސީ އެންމެ ދެ މުވައްޒަފުން.
ދިވެއްސަކަށް އަދާނުކުރެވޭނެ ވަޒީފާއެއް ގައުމީ ބޭންކު، ބީއެމްއެލްގައި މިހާރަކު ނެތް ކަމަށް ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރަން ބާސެލޯ ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕެއިން ހިންގަމުން އަންނައިރު ވިސްނުމަށް އަންނަނީ އެ ބޭންކު އުފެއްދި ބޭނުން ކަމަށެވެ.