އައިލެންޑް އޭވިއޭޝަނުން ހުޅުމާލޭން 49 މިލިއަނަށް ބިމެއް ގަނެފި

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:50

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭސް) އިން ހުޅުމާލޭގެ ބިމެއް 49.4 މިލިއަން ރުފިޔާއަށް ގަނެފި އެވެ.

އައިއޭސް އިން ގަތީ ހުޅުމާލެ 1 އިން 12،481 އަކަފޫޓުގެ ބިމެކެވެ. އެއީ އެޗްޑީސީގެ ނަމުގައި އޮތް ގޯއްޗެއް ކަމަށްވާ ބިމު ނަންބަރު 11725 އެވެ.

އެއީ ހުޅުމާލެ 1 ގެ ރަށު މާރުކޭޓާ ދިމާލުން އެއްގަމުގައި، ބޮޑުމަގާ އިންވެގެން، ކަންމައްޗަކަށް ވާ ގޮތަށް އޮންނަ ބިމެވެ.

މައުޟޫޢުތަށް