ދިރާގު ރޯޑް ރޭހުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް ހާސިލްކޮށްފި

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:13

ދިރާގުން މިދިޔަ ހުކުރު ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް 100 ޕަސެންޓް އޮފްސެޓްކޮށްފި އެވެ.

އެއީ ދިރާގުން ސަސްޓެއިނަބިލިޓީ އަށް ދޭ އަހައްމިޔަތުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ރޯޑް ރޭސް ބޭއްވި ސަރަހައްދުގައި އެ ކުންފުނިން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1،040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެ ސީއޯ2 ވައިގެ ތެރެއަށް ދިއުމުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް