ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް ޖުމްހޫރީ މައިދާނުގެ ވަށައިގެންވާ މަގުތައް ބަންދު!

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:41

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލް ބޭއްވުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެންވާ މަގުތައް ވަކި ވަގުތުތަކަކަށް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ރިހާސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:30 އިން 6:00 އަށް އަދި ރޭގަނޑު 11:00 އިން ފެށިގެން ރިހާސަލް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެ އެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެ އެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް އެ މަގު ބަންދުވާނެ އެވެ.

މައުޟޫޢުތަށް