ސުޕަ ލީގު ނުކުޅެވި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޔޫއެފާ ގޮވައިގެން ރެއާލުން ކޯޓަށް
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:41
ޔޫރަޕްގެ ވަރުގަދަ 12 ކްލަބަކުން ބައިވެރިވެގެން ބާއްވަން އުޅުނު ޔޫރަޕިއަން ސުޕަ ލީގު ކުރިއަށް ނުގެންދެވުމުން ލިބުނު ގެއްލުމުގެ ބަދަލު ޔޫއެފާ އަތުން ހޯދަން ކޯޓަށްދާން ރެއާލް މެޑްރިޑުން ނިންމައިފި އެވެ.
އިންގްލެންޑާއި އިޓަލީ އަދި ސްޕެއިނަށް ނިސްބަތްވާ 12 ކްލަބުން ވާދަކުރަން އުޅުނު މުބާރާތުގެ އެންމެ އިސް ކްލަބަކީ ރެއާލް މެޑްރިޑެވެ. ޔޫރަޕިއަން ސުޕަ ލީގުގެ ފެޑެރޭޝަން ކޮމިޓީގެ ރައީސަކީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ.
އެމެރިކާގެ ކޮންސޯޓިއަމްއަކާ ގުޅިގެން އެ މުބާރާތް 2023 ގައި ފަށާ ގޮތަށް 2021 ގައި އިއުލާން ކުރި އެވެ. ނަމަވެސް ޔޫއެފާގެ ފިއްތުންތަކާއި ފިޔަވަޅުތަކާ ހެދި ކްލަބަކަށް ފަހު ކްލަބަކުން މުބާރާތުން ވަކިވާން ނިންމި އެވެ.