އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ އިވެންޓް މާދަމާ، ހިލޭ ލޯ ޓެސްޓުކުރުމާއެކު ގިނަ ހަރަކާތްތަކެއް

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:22

މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރަން އައިކެއާގެ ކުލަގަދަ ހަރަކާތެއް މާދަމާ ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

އެ ހަރަކާތުގައި ހިލޭ ލޯ ޓެސްޓް ކުރުމާއި އެކި އޮފާތަކާއި ހަދިޔާތައް ވެސް ލިބޭނެ އެވެ. އައިކެއާއިން ބުނީ އެ ހަރަކާތުގައި އައިކެއާއިން ކުރިން ބޭއްވި ދަރިވަރުންގެ އާޓް މުބާރާތުގެ ކުރެހުންތައް ދައްކާލުމާއި އައިކެއާގެ ޑޮކްޓަރުންނާ ބައްދަލު ކުރުމުގެ ފުރުސަތާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރޭގަނޑު ލައިވް މިއުޒިކުގެ ހަރަކާތްތައް އޮންނާނެ ކަމަށާއި އެކި ވައްތަރުގެ ކާބޯތަކެއްޗަށް ހާއްސަ ފުޑް ސްޓޯލްތައް ހުންނާނެ ކަމަށް ވެސް އައިކެއާއިން ބުންޏެވެ.

އެ އިވެންޓުގައި އައިކެއާއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އައިކެއާއިން ބުންޏެވެ.

މައުޟޫޢުތަށް