ވަދާއީ މެސެޖްގައި ރިޔާޒް ވިދާޅުވީ ކޮރަޕްޓް ނުވާ ކަމަށް
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:50
ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތުގައި އިއްޔެ ކަސްޓަމްސް އިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފި އެވެ.
ކަސްޓަމްސްއަށް 33 އަހަރު ހިދުމަތް ކުރެއްވި ރިޔާޒު އިއްޔެ މަގާމުން ވަކި ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި އޭނާ ވިދާޅުވީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގޭ ކަމަށާއި އެކަމަކު ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމްސްގައި ހޭދަވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރިނުވާ ކަމަށާއި އެފަދަ ކަމެއް ނުކުރާ ކަމަށް ރިޔާޒުގެ މެސެޖުގައިވެ އެވެ.
"މި ގްރޫޕުން ނިކުތުމަށް އަޅުގަނޑު ގަސްދު ކުރާތީ މި ފުރުސަތުގައި އަޅުގަނޑަށް އިތުބާރުކޮށް، ހިތްހެޔޮކަމާ އެކު ދެއްވި ތާއީދަށް ޝުކުރު އަދާކުރަން،"