އަންނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެ
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:52
އަންނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފަ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓުގެ ހުސާލާއެއް ދެއްވަމުން، ޒަމީރު ވިދާޅުވީ، އަންނަ އަހަރު އިގުތިސާދީ ދުވެލި، 5.3 ޕަސެންޓު ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، ވިދިގެން އަންނަ ދެ އަހަރު، އިގުތިސާދީ ކުރިއެރުން އެވްރެޖުކޮށް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓުގައި ކަމަށެވެ.