މަނީލޯންޑްރިންގެ ކުށް ސާބިތުވެ ބައްސާމަށް އިތުރު ފަސް އަހަރުގެ ހުކުމެއް
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:20
މި ހުކުމާ އެކު ބައްސާމްގެ މައްޗަށް ޖުމްލަ ނުވަ އަހަރުގެ ޖަލު ހުކުމް ވަނީ އައިސްފައި
އެފްއޭއެމްގެ 10،000 އެމެރިކާ ޑޮލަރަށް ހިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ކުށް ސާބިތުވެ ވެސް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ސާބިތުވެ އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، 154،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާއަށް ހިިޔާނާތެރިވި ކަމުގެ ކުށް މީގެ ކުރިން ބައްސާމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.