ސިނިގިރޭޓް ވައްކަން: އާއްޓޭގެ އިތުރުން ހަތަރު މީހަކު ޝަރީއަތް ނިމެންދެންް ބަންދުކޮށްފި
މިހާރު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:55
މި މައްސަލާގައި ހަތް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި.
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ތިން މީހުންގެ އިތުރުން ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި މިހާތަނަށް ހައްޔަރުކުރި އެމްޕީއެލްގެ ތިން މުވައްޒަފުންގެ ތެރެއިން އަހުމަދު ފިރުޝާން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން މިއަދު އެންގި އެވެ.