ބޮޑުގެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

މިހާރު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:01

މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް އިމާރާތްކުރާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަޅުއްވައި ދެއްވައިފި އެވެ.

'މަސްޖިދުއް ދައުވާ' ގެ ނަމުން ނަން ދިނުމަށް ހަމަޖެހިފައިވާ 1،250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ ކުރާ ޒަމާނީ މިސްކިތަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަހިވާ ގޮތަށް އަދި ގިނަ ވަސީލަތްތަކެއް ހިމެނޭ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުލޫއު ކުރާ ސަރަޙައްދު އަދި ފާހާނާބަރި، ދެވަނަ ބުރީގައި އަންހެނުން ނަމާދު ކުރާ ބައި އެއްވަނަ ބުރީގައި ނަމާދުކުރާ ބައި، އިއުތިކާފް ސަރަހައްދު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުޟޫޢުތަށް