ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބު ރައީސުންނަށް ޖަމީލާއި ޒެއިން

މިހާރު

31 އޮކްޓޯބަރު 2025 | ހުކުރު | 7:28

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ދެ ނައިބު ރައީސުންގެ މަގާމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ރޭ ހޮވިވަޑައިގެންފި އެވެ.

އެ ތިން މަގާމަށް ވެސް އިތުރު އެއްވެސް މެމްބަރަކު ކުރިމަތިލާފައި ނުވުމުން، އެ ބޭފުޅުން އެ މަގާމުތަކަށް ހޮވިވެވަޑައިގެންފައިވާކަން، ޕީއެންއެފް އުފެއްދުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި އިއުލާނުކުރި އެވެ..

ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޮވިވަޑައިގެންފައިވަނީ ވެސް އިތުރު މެމްބަރަކު ކުރިމަތިނުލާތީ، އިންތިހާބަކާ ނުލަ އެވެ.

މައުޟޫޢުތަށް