އަނިޔާއާ ގުޅިގެން ޕީއެސްޖީގެ ޑޫއޭ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް

މިހާރު

31 އޮކްޓޯބަރު 2025 | ހުކުރު | 6:44

ޕެރިސް (އޮކްޓޫބަރު 31) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ވިންގާ ޑިޒިރޭ ޑޫއޭގެ ކަނައަތު ފަލަމަސްގަނޑަށް އަނިޔާވެގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ މިދިޔަ ބުދަ ދުވަހުގެ ރޭ ލީގުގައި ލޯރިއެންޓްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގަ އެވެ. ބައި ގަޑިއެއްހާއިރުގެ ކުޅުން ބާކީ އޮއްވައި އަނިޔާވެގެން ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ.

"އަނިޔާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކުރިއަށް ގެންދާނީ [އަންނަ މަހުގެ] އިންޓަނޭޝަނަލް ބްރޭކަށް ފަހު،" ޕީއެސްޖީގެ ސްޓޭޓްމަންޓްގައި ވެ އެވެ.

މައުޟޫޢުތަށް