ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބޫއަށް

މިހާރު

31 އޮކްޓޯބަރު 2025 | ހުކުރު | 7:58

ހއ. ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ރޭ އަރުވައިފި އެވެ.

"ހޯރަފުށި ދުވަސް" ފާހަގަކުރަން އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި "ސިރީނަވަރަންނަ އައްޑަނަ" ކުރީގެ ރައީސް އިބޫއާ ހަވާލު ކޮށްދެއްވީ އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.

ރޭގެ ޖަލްސާގައި އިއްވި ގޮތުން ނަމަ އެއް ވެރިކަމެއްގެ ފަސް އަހަރުގެ މުއްދަތުގައި އެއް ރަށަކަށް "މިލިއަން މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުތައް" ފަހިވި ހަމައެކަނި ރަށަކީ ހޯރަފުއްޓެވެ. އެ ގޮތުން އިބޫގެ ވެރިކަމުގައި އެ ރަށަށް ބިޔަ 16 މަޝްރޫއެއް ފަހިވިކަން ރޭ އިއުލާން ކުރި އެވެ.

މައުޟޫޢުތަށް