އަންނަ އަހަރު އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން

މިހާރު

31 އޮކްޓޯބަރު 2025 | ހުކުރު | 2:46

އަންނަ އަހަރުގެ ބަޖެޓުން ރާއްޖޭގެ އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން، އަސްކަރީ ކަންކަމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ ބަޖެޓުގައި އޮތް ވަރަށް ވުރެ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެފަދަ ކަންކަމަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާ އެވެ.

މިލިޓަރީ ހަރަކާތްތަކުގެ އިތުރުން ފުލުހުންގެ ދިފާއީ ހަރަކާތްތަކަށް ކަނޑައަޅާފައިވަނީ 42 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ ހަތް މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މައުޟޫޢުތަށް