ގްރީން ބަލިކޮށް އޮޑި ސްޕޯޓްސް ފޯމު ދަމަހައްޓައިފި

މިހާރު

31 އޮކްޓޯބަރު 2025 | ހުކުރު | 11:52

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބް 4-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހަތް މިނިޓުތެރޭ އޮޑި ސްޕޯޓްސް ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ.

މެޗުގެ ހަތަރުވަނަ މިނިޓުގައި ބިދޭސީ ފޯވާޑް ކެރޯލިސް ލައުކްޒެމިސް ތިރިތިރިން ނަގައިދިން ބޯޅަ އިބްރާހިމް ވަހީދު ހުސެއިން (އިއްބެ ވަހީދު) އަށް މާ ރަނގަޅަށް ފޮނުވާ ނުލެވި އުޅެނިކޮށް، ގްރީންގެ ކީޕަރު ވިޝާން އަބްދުލް މަޖީދު ކްލިއާ ކޮށްލަން ގައްސާލި ވަގުތު ފުރަތަމަ ގޯލު ވަނީ އިއްބެ ވަހީދު ފައިގައި ޖެހިފަ އެވެ. މިއީ އިއްބެ ވަހީދު މި ސީޒަންގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މައުޟޫޢުތަށް