އެމެރިކާ މީހުން ހަނދަށް ދިޔަ ކަމަށް ކިމްއަށް ގަބޫލެއް ނުކުރެވޭ

މިހާރު

1 ނޮވެމްބަރު 2025 | ހޮނިހިރު | 7:06

އެމެރިކާ މީހުން ހަނދަށް ދިޔަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ފޭކެއް ކަމަށް އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން ބުނެފި އެވެ.

ކިމް އެގޮތަށް ބުނީ ކާޑޭޝިއަން އާއިލާގެ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް"ގެ އެންމެފަހުން ގެނެސްދިން އެޕިސޯޑުގަ އެވެ. އެ އެޕިސޯޑުގައި ކިމް އޭނާގެ ކޯ-ސްޓާރު ސެރާ ޕޯލްސަން ގާތުގައި ބުނީ އެމެރިކާ މީހުން ހަނދަށް ދިޔަ ވާހަކަ އޭނާ ގަބޫލު ނުކުރާ ކަމަށާއި އެއީ ނުވާ ކަމެއް ކަމަށެވެ.

ސެރާ އާއި ކިމް އެ ވާހަކަ ދެއްކީ، ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ބީއްސާލި ދެ އިންސާނުން ކަމަށްވާ ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއް ބަލަމުންނެވެ.

މައުޟޫޢުތަށް