އަލްބޭނިއާގެ އޭއައި މިނިސްޓަރަށް "83 ކުދިން ލިބެނީ"
މިހާރު
1 ނޮވެމްބަރު 2025 | ހޮނިހިރު | 7:07
ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރުގެ ގޮތުގައި ތައާރަފުކޮށްފައިވާ އަލްބޭނިއާގެ ޑިއެލާއަށް "83 ކުދިން ލިބެން އުޅޭ" ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެޑީ ރާމާ ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތުގެ ބާލިންގައި މިދިޔަ ހަފުތާގައި ބޭއްވި ބާލިން ގްލޯބަލް ޑައިލޮގް ކޮންފަރެންސްގައި އެޑީ ރާމާ ވިދާޅުވީ އެ ގައުމުގެ ފުރަތަމަ އޭއައި މިނިސްޓަރު "އިނީ ބަލިވެ" ކަމަށާއި އޭނާއަށް ވަރަށް އަވަހަށް 83 ކުދިން ލިބޭނެ ކަމަށެވެ.
އެޑީ ރާމާ ވިދާޅުވި ގޮތުގައި، އެ 83 ކުދިން ވާނީ އޭނާ ތަމްސީލުކުރާ އަލްބޭނިއާގެ ސޯޝަލިއަސްޓް ޕާޓީގެ މަޖިލިސް މެމްބަރުންގެ ވާޗުއަލް އެސިސްޓެންޓުންނަށެވެ. މަޖިލިސް ބައްދަލުވުންތަކުގައި ބައިވެރިވެ މެމްބަރުންނަށް ބޭނުންވާ އެހީތެރިކަން އެ ކުދިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.