މުހިންމު ތިން ކަމެއްގެ ފެށުމާ އެކު ރައީސްގެ ޝުކުރާއި މަރުހަބާ

މިހާރު

1 ނޮވެމްބަރު 2025 | ހޮނިހިރު | 12:26

މިއަދު ތިން ކަމެއް ތަންފީޒުކުރަން ފެށުމާ އެކު އެކަންކަމަށް އެއްބާރުލުން ދިން ފަރާތްތަކާއި އެ ކަންކަމުގެ މަންފާވާނެ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފަށާފައި ވަނީ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ "ޖެނެރޭޝަނަލް ބޭން" އާއި ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަ ދިނުމާއި ކައުންސިލުތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް މުސާރައަށް ހެޔޮ ބަދަލު ގެނައުމެވެ.

ރައީސް ވަނީ އެ ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކާއި އެއްބާރުލުން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ކަންކަމުގެ ސަބަބުން ފައިދާކުރާނެ ފަރާތްތަކަށް މަރުހަބާ ދެންނެވި އެވެ.

މައުޟޫޢުތަށް