ވީއައިއޭގެ އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފި
މިހާރު
1 ނޮވެމްބަރު 2025 | ހޮނިހިރު | 7:47
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަ ސުބްރަމާނިއަން ބައިވެރިވެ ވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓްގައި ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔައިފަ އެވެ.