ވިކްޓަރީ ހަމަޔަކަށް އެޅި މޮޅުވުމުގެ ޓްރެކުގައި!
މިހާރު
1 ނޮވެމްބަރު 2025 | ހޮނިހިރު | 7:54
މިއީ މި ސީޒަނުގައި ވިދިވިދިގެން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރު!
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައި ވިދިވިދިގެން މޮޅުވުމުގެ ރޭހަށް ވިކްޓަރީން ވަދެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ފެށި ސީޒަނަށް އެންމެ ފަހުން ތައްޔާރުވާން ފެށި އެއް ކްލަބަކީ ވިކްޓަރީ އެވެ. އެކަށީގެންވާ ގޮތަކަށް ތައްޔާރު ނުވެވުމުން ލީގުގެ ކުރީކޮޅު އެ ޓީމުގެ ނަތީޖާތަކަށް ވެސް އަސަރު ކުރި އެވެ. ސީޒަނަށް އެ ޓީމުން ނުކުތީ ވަގުތީ ކޯޗެއްގެ ގޮތުގައި މިހާރުގެ އެސިސްޓެންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ގެ ނަން ޖަހައިގެންނެވެ.