ހަ މެޗުން ނިއުގެ ގޯލަށް ފުރަތަމަ ލަނޑު، އެ ޓީމު މޮޅުކޮށް ދިނީ ހަންނަ!

މިހާރު

2 ނޮވެމްބަރު 2025 | އާދިއްތަ | 6:32

ހަސަން ރާއިފް އަހްމަދު (ހަންނަ) ޖަހައިދިން ގޯލުން ނިއު ރޭޑިއަންޓުން 2-1 ން ބުރު ސްޕޯޓްސް ބަލިކޮށްފި އެވެ.

ހަތް އަހަރުގެ މެދުކަނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރި އައި ނިއުގެ ކޮޅަށް ރޭ ގެ މެޗާ ހަމައަށް އެންމެ ގޯލެއް ވެސް ނުވަދެ އެވެ. ހަ މެޗުން އެ ޓީމުގެ ގޯލު ހުޅުވުނު ހަމައެކަނި ޓީމަކީ ބުރެވެ.

ނިއުގެ މޫސާ ޔާމީން (ޔާންބެ) އެ ޓީމަށް ލީޑް ނަގައި ދީފައިވަނިކޮށް ބުރަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަލީ އިޝްފާގް ހަސަން މަޖީދެވެ.

މައުޟޫޢުތަށް