ތުލުސްދޫގެ ގެސްޓް ހައުސްއަކުން ބަނގުރަލާ އެކު ހައްޔަރުކުރި ބައެއްގެ ތެރޭގައި ފުލުހެއް!
މިހާރު
2 ނޮވެމްބަރު 2025 | އާދިއްތަ | 12:08
ކ. ތުލުސްދޫގައި ހިންގާ ގެސްޓް ހައުސްއަކުން ބަނގުރަލާ އެކު މިދިޔަ މަހު ހަތް މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި ފުލުހަކު ހިމެނޭ ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ނަމަވެސް ތަހުގީގު ބޭނުމަށް އެ މީހުންގެ ބަންދު އިތުރު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުންނަށް ލިބިގެންވާ ބާރުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ކަމަށެވެ.